ޚަބަރު

ފަހުމީ ވަކިކޮށް ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސަމާހު ރަޝީދު--

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ފަހުމީ ވަކިކޮށް އެމްޑީގެ މަގާމަށް އެހެން ބޭފުޅަކު އައްޔަނުކޮށްފި އެވެ.

Ads by STELCO

ފަހުމީ މަގާމުން ވަކިކުރިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން އެކްސްގައި މިއަދު ހަވީރު ކުރި ޕޯސްޓެއްގައި ބުނީ އެ މަގާމަށް މ. ސިސްކިން، އަހުމަދު ސަމާހު ރަޝީދު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

އެ ބަދަލު ގެނައި ސަބަބެއް ޕީސީބީއިން ހާމައެއް ނުކުރެ އެވެ.

ފަހުމީގެ ބަދަލުގައި އައްޔަނުކުރި ސަމާހު މިދިޔަ އަހަރުގެ މޭ މަހާ ހަމައަށް ހުންނެވީ މިފްކޯގެ ސީއީއޯގެ މަގާމުގަ އެވެ. ނަމަވެސް އޭގެ ފަހުން އެ މަގާމުން ވަކިކޮށް އޭނާ އައްޔަނުކުރީ ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ފަހުމީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި އިރު އޭނާ އެ މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ކުރިން އޮތީ ފެތުރިފަ އެވެ.