Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖެއަށް ބޭސް އެތެރެކުރަން ވަކި ކުންފުންޏެއް އުފައްދައިފި

ރާއްޖެއަށް ބޭސް އެތެރެކުރަން ވަކި ކުންފުންޏެއް އުފައްދައިފި

ރާއްޖެއަށް ބޭސް އެތެރެކުރަން ވަކި ކުންފުންޏެއް މިއަދު އުފައްދައިފި އެވެ.

ސަރުކާރުން ރާއްޖެއަށް މިހާރު ބޭސް އާންމުކޮށް އެތެރެކޮށް ހަދަނީ ސަރުކާރުގެ ކުންފުނި އެސްޓީއޯ މެދުވެރިކޮށެވެ.

ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖެއަށް ބޭސް އެތެރެކުރަން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ވަކި ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ކުންފުނިން  ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް