ޓީޓީއެމްގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް

ރާއްޖޭގެ އެންމެ ބޮޑު އެއް އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސުން ޓީޓީއެމް މޯލްޑިވްސް 2025 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ، ޓީޓީއެމް އެވޯޑްސް އެންޑް ގާލާ އަދި ޓީޓީއެމް ކަނެކްޓް މީޓިން ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި ބޭއްވި ޓީޓީއެމް އެވޯޑްސް އެންޑް ގާލާ 2025 ގައި ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއިން 28 އެވޯޑް ކެޓަގަރީއަކުން އެވޯޑު ދިނެވެ. އެ ރަސްމިއްޔާތުގައި ބެސްޓް ބީޗް ރިސޯޓްސް އިން ފެށިގެން ޓީޓީއެމް ޓޮޕް ޕްރޮޑިއުސަރުންނާ ހަމައަށް، ދުނިޔޭގެ ޓޫރިޒަމް ލީޑަރަކަށް ރާއްޖޭގެ ފަތުރުވެރިކަން ހެދުމުގެ ހިއްސާވި ފަރާތްތައް ފާހަގަކޮށް އެވޯޑު ދިނެވެ.
އެ ރަސްމިއްޔާތުގައި އެލައިޑުގެ ޗީފް އަންޑާރައިޓިން އޮފިސަރު، އިއުލިއާނާ ރުސޭ ވަނީ އެވޯޑު ލިބުނު ބައެއް ފަރާތްތަކަށް އެވޯޑު ދީފަ އެވެ. ޓީޓީއެމް އެވޯޑްސް އެންޑް ގާލާ އަކީ އިންޑަސްޓްރީގެ އިސްފަރާތްތަކާއި، ބައިނަލްއަގުވާމީ ޕާޓްނަރުންނާއި، ހޮޓެލިއަރުން އެއްތަނަކަށް ގެނެސް، އެ ފަރާތްތައް ފާހަގަކޮށް، ސަގާފީ ހުށަހެޅުންތަކާ އެކު އެ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ހާއްސަ ހަފްލާއެކެވެ.
ޓީޓީއެމް ގާލާގެ އިތުރުން މިއަހަރު ވެސް ޓީޓީއެމް ކަނެކްޓް މީޓިން ވަނީ ބާއްވާފަ އެވެ. އެ މީޓިން އޮތީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ. އެ މީޓިންގައި ބާސެލޯ ނަސަންދުރާގައި ޓީޓީއެމް ކަނެކްޓް ޕޯޓަލް މެދުވެރިކޮށް 500 އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި 100 އަށް ވުރެ ގިނަ ހޮޓެލިއަރުން ވަނީ ބައިވެރިވެފަ އެވެ. ޕްރީ ޝެޑިއުލްކޮށް ޓީޓީއެމް ކަނެކްޓް މެދުވެރިކޮށް 3000އެއްހާ މީޓިން ބާއްވާފައި ވާއިރު، އެ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް އިތުރަށް ހަރުދަނާކުރުމަށާއި، ވިޔަފާރި ކުރިއެރުވުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ހަރުދަނާކުރުމަށް ތަފާތު ފުރުސަތުތަކެއް ލިބިގެންގޮސްފައިވާކަން ޓީޓީއެމްގެ ޓީމުން ފާހަގަކުރެ އެވެ.
ޓީޓީއެމް 2025 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑު ހަރަކާތްތެއްގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބުނު ބޮޑު ފަހުރެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެ އެވެ.
