ޚަބަރު

އާ ޓާމިނަލްއިން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިންއަކަށް ބެއިޖިން ކެޕިޓަލް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު(ވީއައިއޭ)ގައި ތަރައްގީކުރި އާ ޓާމިނަލްއިން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިންއަކަށް ބެއިޖިން ބެއިޖިން ކެޕިޓަލް ވެއްޖެ އެވެ.

އާ ޓާމިނަލްއިން އެ އެއާލައިންއަށް ހިދުމަތް ދޭން ފެށުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފަ އެވެ.

އެގޮތުން ބެއިޖިން ކެޕިޓަލް އެއާލައިންގެ ބޯޓު ވީއައިއޭގައި ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓެއް ވަނީ އަރުވައިފަ އެވެ.

ނިމިގެން ދިޔަ މިނިވަން ދުވަހު ހުޅުވި އާ ޓާނިމަލް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ގައުމީ އެއާލައިން، މޯލްޑިވިއަންއިން އެވެ. އަދި މަޑުމަޑުން ބައިނަލްއަގުވާމީ އެހެން އެއާލައިންތަކުން ވެސް ވަނީ އާ ޓާމިނަލް ބޭނުންކުރަން ފަށައިފަ އެވެ.

އާ ޓާމިނަލް ހުޅުވި ފަހުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެކަނިވެސް 2400 އަށް ވުރެ ގިނަ ފަސެންޖަރުންނަށް ހިދުމަތް ދީފައި ވެއެވެ.

އާ ޓާމިނަލާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު އެމްއޭސީއެލުން ބުނެފައިވެ އެވެ.

އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ. މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ