Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަތަންޔާހޫ ތަގުރީރު ކުރައްވަން ފެއްޓެވުމާއެކު ރާއްޖޭގެ ވަފުދު ޖަލްސާއިން ނިކުމެއްޖެ

ނަތަންޔާހޫ  ތަގުރީރު ކުރައްވަން ފެއްޓެވުމާއެކު ރާއްޖޭގެ ވަފުދު ޖަލްސާއިން ނިކުމެއްޖެ

އދ. ގެ ޖެނެރަލް އެސެމްބްލީގައި މިހާރު ކުރިއަށްދާ ޖަލްސާގައި އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަން ފެއްޓެވުމާއެކު އެ ޖަލްސާގައި ތިއްބެވި ރާއްޖޭގެ ވަފުދުގެ ހުރިހާ ބޭފުޅުން ޖަލްސާއިން ނިކުމެވަޑައިގެންފި އެވެ.

ނަތަންޔާހޫ ތަގުރީރުކުރެއްވީ އދ.ގެ އަަހަރީ އާންުމު ޖަލްސާގަ އެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ލީޑަރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިރު ގިނަ ގައުމުތަކުން ވަނީ ނަތަންޔާހޫ ބޮއިކަޓްކުރައްވައިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ނަތަންޔާހޫ ތަގުރީރުކުރައްވަން ފެއްޓެވުމާއެކު ރާއްޖޭގެ ވަފުދުވެސް ޖަލްސާއިން ނުކުތް ކަމަށާއި މިއީ ނަތަންޔާހޫގެ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކުރި އިހުތިޖާޖެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ފަލަސްތީނަށް ތާއިދުކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

ނަތަންޔާހޫގެ ތަގުރީރު ރާއްޖެއިން ބޮއިކަޓްކުރި އިރު އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ތެދުވެފަ އެވެ.

ޣައްޒާގެ ގަތުލު އާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 65،000 އިން މައްޗަށް އަރައިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް