ޚަބަރު

މިދިޔަ މަހު އަތޮޅު ތެރޭގައި 1000އެއްހާ މީހުން ޕާސްޕޯޓު ހެއްދި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ށ. މިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުން--

މިދިޔަ މަހު އަތޮޅު ތެރޭގައި 1000އެއްހާ މީހުން ޕާސްޕޯޓު ހެއްދިކަމަށް އިމިގްރޭޝަންއިން ބުނެފި އެވެ.

Ads by STELCO

އިމިގްރޭޝަންއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު 3884 ޕާސްޕޯޓު ދޫކުރި އެވެ.

އޭގެ ތެރޭގައި މާލެއިން  2904 ޕާސްޕޯޓު ދޫކުރި އިރު  960 ޕާސްޕޯޓު ދޫކުރީ އިމިގްރޭޝަންއިން އަތޮޅު ތެރޭގައި ހިންގާ ބްރާންޗުތަކުން ކަމަށް އެ އިދާރާއިން ބުންޏެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން އަތޮޅު ތެރެއިން  އެންމެ ގިނަ ޕާސްޕޯޓް ދޫކުރީ އައްޑޫ ސިޓީއިން އެވެ. އެއީ 146 ޕާސްޕޯޓެވެ.

ދެވަނައަށް ކުޅުދުއްފުށި ސިޓީއިން އެވެ. އެއީ 144 ޕާސްޕޯޓެވެ.

އަށާރަ ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ދެމުންދާ އިރު ހަ ރަށަކުން މިދިޔަ މަހު ހަ ރަށަކުން ދޫކުރީ އެންމެ ޕާސްޕޯޓެކެވެ.

މި ހަފްތާ ސަރުކާރުން ވަނީ ށ. މިލަންދޫގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށައިފަ އެވެ.

ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް މިހާރު މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް ފަށާފައިވާ އިރު އިތުރު ގައުމުތަކަށް ވެސް އެ ހިދުމަތް ފުޅާކުރަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

Ads by Allied Insurance