ޚަބަރު

35 ރަށު ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތް މި މަހު ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

35 ރަށެއްގެ ރަށު ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތް މި މަހު ފަށަން  ނިންމާފައިވާ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

މިނިސްޓަރު އެކްސްގައި ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފެށޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފަންސާސް ފަސް ރަށުގެ ކައުންސިލް އިމާރާތްތައް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހު އެވެ.

އެ މަޝްރޫއު ހަވާލު ކުރީ އެއް އަހަރު ތެރޭގައި ނިންމާ ގޮތަށެވެ. ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

އެ މަސައްކަތް ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏަކާ އެވެ. ނަމަވެސް މަސައްކަތް ނުހިނގައި އެ އެއްބަސްވުން ފަހުން ބާތިލްކުރި އެވެ.

ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ އާ އިމާރާތްތައް އަޅާއިރު މިނިސްޓަރު އާދަމް ޝަރީފް ކުރިން ވިދާޅުވި ގޮތުގައި ބައެއް ކައުންސިލްތައް މިހާރު ހުރީ ބޮލަށް ވެއްޓެން ކައިރިވެފަ އެވެ.

Ads by HDC