ޚަބަރު

ރިފަރެންޑަމްގެ ބަދަލުގައި އައްޑޫއަށް ދިމާވެފައިވާ މައްސަލަަތައް ގާނޫނޫން ހައްލުކުރެވެން އެބައޮތް: ފައްޔާޒް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ / ފޮޓޯ:އެމްޑީޕީ

އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ހަދަން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބަދަލުގައި އައްޑޫއަށް ދިމާވެފައިވާ މައްސަލަތައް ގާނޫނު ބަދަލުކޮށްގެން ހައްލުކުރެވެން އެބައޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ހިޔާލު ހޯދަން ވޯޓު ނަގަން ނިންމީ އެ ރަށްރަށުގެ ރައްޔިތުން އެކަމަށް އެދޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު އެ ވޯޓު ނަގަން ނިންމާފައިވާ އިރު ރީ ރަޖިސްޓްރޭޝަންގެ ކަންކަން ވެސް މިހާރު އޮތީ ނިމިފަ އެވެ.

އެ ވޯޓާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ އައްޑޫ ސިޓީގެ ރިފަރަންޑަމްއާ ގުޅޭ ގޮތުން އައްޑޫގެ ވަރަށް ގިނަ އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިއްޖެ ކަމަށެވެ. އަދި ސަރުކާރުން ރިފަރަންޑަމް ނަގަން އުޅޭ ގޮތާމެދު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކަކާއި އެތައް ބައިވަރު ސުވާލުތަކެއް އެ ރައްޔިތުންގެ އެބަހުރި ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވަނީ އެ ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ ނޫނީ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ ވެސް އައްސަަވާފަ އެވެ.

އެެހެންވެ ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ.

 

"އަދި އަމުދުން މި ކަންކަން ނުކޮށް އެހައި އަވަސް އަރުވާލައިގެން ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެންއޮތްއިރު، ރިފަރަންޑަމްގައި ރައްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރަންވެސް ރައްޔިތުން ބޭނުންވޭ."ފައްޔާޒް ވިދާޅުވި އެވެ.

Ads by HDC