އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް ހަތަރު ބޭފުޅުން އައްޔަނުކޮށްފި
ހުސްވެފައިވާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު ބޭފުޅަކު މިއަދު އައްޔަނުކުރައްވައިފި އެވެ.
އެ ކޮމިޝަންއަށް މިއަދު އައްޔަނުކުރެއްވީ
- ދަފްތަރު. ނަންބަރު ޝުއައިބު އަބްދުއްރަހުމާން
- ދަފްތަރު. ނަންބަރު ރސ 12854، ޝިފާޒު އަލީ
- ދަފްތަރު. ނަންބަރު ރސ 1851، އަލީ މުހައްމަދު މަނިކު
- ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް
އެންއައިސީއަށް އާ ހަތަރު މެމްބަރުން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހަތަރު ބޭފުޅުންގެ ދައުރު ހަމަވަމުން ނެވެ.
މިއަދު އައްޔަނުކުރި އަ ހަަތަރު މެމްބަރުންނާއެކު އެންއައިސީގައި ދެން އިންނަވަނީ މަރްޔަމް އިންޝާ ފައިސަލް އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.
އެ ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
