ޢިލްމީ ދިރާސާކުރުމަށް ދޭ ގްރާންޓް 3 މުވައްސަސާއަށް

ޢިލްމީ ދިރާސާކުރުމަށް ޔުނިވަރސިޓީތަކަށް ސަރުކާރުން އެހީތެރިކަން ދިނުމުގެ ގޮތުން ދޫކުރެވޭ ގްރާންޓް ތަޢުލީމީ 3 މުވައްސަސާއަކަށް ދީފިއެވެ.
ރިސަރޗް ގްރާންޓަށް ފުރުސަތު ހުޅުވާލުމުން، އެ ފުރުސަތަށް ޝައުޤުވެރިކަން ފާޅުކޮށްފައި ވަނީ 3 މުވައްސަސާއަކުންކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖެވެ. ރިސަރޗް ގްރާންޓް ދިނުމުގައި އިސްކަންދޭ މައިގަނޑު ދާއިރާތަކެއް ކަނޑައެޅިފައިވާނެކަމަށް އެ ވުޒާރާއިން ބުނެފައިވާ ދާއިރާތަކަކީ:
- ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް
- އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ
- ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން
- ގްރީން އެޖެންޑާ



.jpeg?prefix=media)


ކޮމެންޓް