ޚަބަރު

ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ސައްތާރު އިންތިޚާބުކޮށްފި

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރުކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު އިންތިޚާބުކޮށްފިއެވެ.

Ads by STELCO

މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ސައްތާރު އިންތިޚާބުކޮށްފައި ވަނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް މިއަދު އެ ކޮމިޓީން އިސްތިއުފާ ދެއްވުމުންނެވެ.

ހުސްނީ އެ ކޮމިޓީން އިސްތިއުފާދެއްވީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް އޭނާ އިންތިޚާބު ކުރުމުންނެވެ. ކުރިން ސައްތާރު ހުންނެވީ އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުގައެވެ. އެހެންކަމުން ޖުޑިޝަރީ ކޮމިޓީގެ ނައިބު މުޤައްރިރުގެ މަޤާމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އިންތިޚާބުކޮށްފައެވެ.

ޖޭއެސްސީގެ މެމްބަރުކަމުގައި ކުރިން ހުންނެވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާއެވެ. އެމަނިކުފާނު ވަނީ އެ ކޮމިޝަންގެ މެންބަރުކަމުންނާއި ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއާ އެމކު މަޖިލީހުން ވަނީ ހުސްނީ މުބާރިކް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރައްވައިފައެވެ.

Ads by Allied Insurance