ޚަބަރު

ސްކޭމްތަކުގައި ގެއްލުނު 100،000 އަށް ވުރެ ފައިސާ ހޯދައިިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ނިމިގެން ފިޔަ ހަފްތާގައި ސްކޭމްތަކުގައި ގެއްލުނު 100،000 އަށް ވުރެ ފައިސާ ފުލުހުން ހޯދައިިފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 19ވަނަ ދުވަހުން ފެށިގެން މި މަހުގެ 25ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 35 މައްސަލައެއް ހުށަހަޅާފައިވާ އިރު އެ މައްސަލަތަކުގައި 372،515.59 ރުފިޔާ ގެއްލިފައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ގެއްލުނު ފައިސާގެ ތެރެއިން 148،781.94 ރުފިޔާ އަނބުރާ ހޯދައިފައިވާ ކަމަށެވެ.

އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 13 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ސްކޭމްގެ މައްސަލަތުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާ ގުޅުންހުރި މައްސަލަތަކާއި އިމްޕާސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެއެވެ.

އެގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 6 މައްސަލައަކާއި އިމްޕާސޮނޭޝަންގެ 9 މައްސަލައާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި 6 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން 1 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

Ads by HDC