ޚަބަރު

ދުޅަހެޔޮ ޞިއްޙަތަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތަށް އިހްމާލުނުވެ ރައްކާތެރިވުން: މިނިސްޓަރ ނާޡިމް

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ. ހެލްތު މިނިސްޓްރީ

ދުޅަހެޔޮ ޞިއްޙަތަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތަށް އިހުމާލު ނުވެ ރައްކާތެރިވުންކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ޓަކައި ސަރުކާރުން ތަންފީޒުކުރަން ފެއްޓެވި "ޖެނަރޭޝަނަލް ބޭން"ފާހަގަކުރުމަށް ،24 ގަޑިއިރަށް ކުރިއަށް ގެންދާ ނެޝަނަލް ޓޯޗް ރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޡިމް ވިދާޅުވީ، ދުޅަހެޔޮ ޞިއްހަތަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތްކަމަށާއި އެ ނިޢުމަތަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތަށް އިހްމާލުނުވެ ރައްކާތެރިވުންކަމަށެވެ.

"ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރެއްވުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތް. އެ ނިޢުމަތަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތަށް އިހްމާލު ނުވެ ރައްކާތެރިވުން" މިނިސްޓަރ ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ.

ރާއްޖޭގައި ދިމާވާ ޞިއްހީ ގިނަ މައްސަލަތައް ގުޅިފައި ވަނީ ދިރިއުޅުމުގައި ގެންގުޅޭ އާދަތަކުގެ ސަބަބުން ކަމަށާއި މިފަދަ އާދަތަކުން މުޖުތަޢުއާއި ޢާއިލާތައް ރައްކާތެރިކޮށް ދުޅަހެޔޮ ވެއްޓެއް ބިނާކުރުމަށް އިސްކަންދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ދުންފަތުގެ ވަބާއަކީ ޢާންމު ޞިއްޙަތަށް ހުރި އެންމެ ބޮޑު ނުރައްކާ ކަމަށާއި ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ، 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްއުމާލު ކުރުމާއި، އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާކަމެކެވެ. މާދަމާއިން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މިކަން ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ފެށި ޓޯޗްރަންގައި ކެބިނެޓްގެ ވަޒީރުންނާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރާއި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްބޭފުޅުންނާއި މުވައްޒަފުންގެ އިތުރުން އެތުލެޓިކްސް ކްލަބުތަކުގެ ގިނަ އެތުލީޓުން ބައިވެރިވެފައި ވެއެވެ.

Ads by Allied Insurance