ވިޔަފާރި

މި އަހަރު އިމްޕޯޓް ޑިއުޓީ ދަަށްވާނެ ؛ ސަބަބަކީ ތެލުގެ އަގު ވެއްޓުމާއި ސިނގިރޭޓް

ފާތިމަތު އަފްނާން ، ދެން އޮންލައިން
އެމްޕީއެލްގައި ބާލާފައި ހުރި ކޮންޓެއިނާތަކެއް - ފޮޓޯ: އެމްޕީއެލް

މިއަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ، ރާއްޖޭގައ ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން އިމްޕޯޓް ޑިއުޓީ ދަށްވާނެ ކަމަށް އަންދާޒާކޮށްފި އެވެ.

Ads by STELCO

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން މިހާރުގެ އަންދާޒާއަކީ މި އަހަރު ނިމޭއިރު ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނީ 37.5 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ރައްޔިތުން މަޖލީހަށް ފޮނުވި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށްވުރެ 4.6 ޕަސެންޓް ދަށްވުމެކެވެ.

ބަޖެޓުގައި ބުނެފައިވާ ގޮތުން  މި އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށްވެފަ އެވެ. އަދި މިހާރު ސިނގިރޭޓުން ނަގާ ޑިއުޓީ މަތިކޮށްފައިވުމުގެ ސަބަބުން އައިސްފައިވާ ބިހޭވިއާސް ބަދަލުތަކުގެ ސަބަބުން ކުރިން އަންދާޒާ ކުރި ވަރަށްވުރެ އިމްޕޯޓް ޑިއުޓީ ދަށްވާނެ ކަމަށް ބެލެވެ އެވެ. އަދި ކުރިއަރާލާ ގަނެފައިވާ ޓިކެޓުތަކުގައި މިހާރު ގިނަ ބަޔަކު ދަތުރުކޮށްފައިވާތީ އެއާޕޯޓް ޓެކުހާއި ފީރޭޓަށް ގެނައި ބަދަލުން އާމްދަނީ އިތުރުވި މިންވަރު ވަނީ ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ ދަަށްވެފަ އެވެ.

2025އަށް ފާސްކޮށް ރިވައިސް ކުރި ބަޖެޓް 

ފާސްކުރި ޓެކުހުގެ އާމްދަނީ : 29.2 ބިލިއަން
ރިވައިސްކުރި ޓެކުހުގެ އާމްދަނީ : 28.5 ބިލިއަން
ފާސްކުރި ޓެކްސް ނޫން އާމްދަނީ : 7.9 ބިލިއަން
ރިވައިސްކުރި ޓެކްސް ނޫން އާމްދަނީ : 8.8 ބިިލިއަން
ފާސްކުރި ހިލޭ އެހީ : 2.5 ބިލިއަން
ރިވައިސް ކުރި ހިލޭ އެހީ : 400 މިލިއަން

މި އަހަރުގެ ބަޖެޓުގައި ފާސްކުރި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ހިމަނާފައިވަނީ 7.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު ވަނީ މި އަދަދު 8.8 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފަ އެވެ. މީގެ އިތުރުން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ހިލޭ އެހީ އަށެވެ. މި އަހަރު 2.5 ބިލިއަން ލިބޭނެ ކަމަށް އަންދާޒާ ކުރި އެވެ. ނަމަވެސް މިހާރު ބެލެވެނީ ލިބޭނީ އެންމެ 400 މިލިއަން ރުފިޔާ އެެވެ.

Ads by Allied Insurance