ޚަބަރު

ނޮވެމްބަރު 3ގެ ޚާއްޞަ އައްޑަނައެއް ކުރީގެ ރައީސް މައުމޫނަށް އެރުވުމަށް ނިންމައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ނޮވެމްބަރު 3ގެ ޚާއްޞަ އައްޑަނައެއް ކުރީގެ ރައީސް މައުމޫން ޢަބްދުލުއް ޤައްޔޫމަށް އެރުވުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ރައީސް މައުމޫނަށް ނޮވެމްބަރު 3ގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް ނިންމާފައިވާކަމަށާއި ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށެވެ.

ރައީސް ޑރ. މުޢިއްޒު މި ނިންމެވުން ނިންމެވީ ނޮވެމްބަރު 3ގެ ޢުދުވާނީ ހަމަލާގައި އޭރު ހުންނެވި ރައީސެއްގެ ޙައިޞިޔަތުން ކުރެއްވީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅެއްކަމަށާއި އެ ދުވަހު ސިފައިންގެ ތެރެއިން ޝަހީދުވި ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންކަމަށެވެ.

3 ނޮވެމްބަރު 1988 ވަނަ އަހަރުގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން 8 ބޭކަލަކު ޝަހީދުވިއެވެ. އަދި ޢާންމު ރައްޔިތުންގެ ތެރެއިން 11 ބޭފުޅުން ޝަހީދުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!