Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޕީއެލް ބަނދަރު ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފި

އެމްޕީއެލް ބަނދަރު ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފި

މޯލްޑިވްސް ޕޯޓް ލިމިޓެޑް ބަނދަރު ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ސޯޝިއަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެމްޕީއެލް ބަނދަރު ސަރަހައްދުން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް މަޢުލޫމާތުދެއެވެ.

މި ހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފަރުވާދެމުންދަނީ 4 ދިވެހިންނާއި 2 ބިދޭސީންނަށްކަމަށާއި އެކަކުގެ ޙާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 3:44 ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ލޭންޑިން ކްރާފްޓަ ބަންޑުން ޖަހާލިއިރު އޭގައި މީހަކު ހުރިކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން އެ މީހާ ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އިތުރު ތަފްޞީލް އަންނަނީ....

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް