ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖަހާލި ޙާދިސާގައި ބިދޭސީއަކު ނިޔާވެއްޖެ

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ޕޯޓް ލިމިޓެޑް ސަރަހައްދު ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު ނިޔާވެއްޖެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

Ads by STELCO

މި ހާދިސާގައި ނިޔާވެފައި ވަނީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޢުމުރުން 32 އަހަރުގެ މަސްޢޫދު ހޮސައިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި 14 މީހުންތިބިކަމަށާއި ނިޔާވެފައި ވަނީ ގެއްލިގެން ހޯދަމުންދިޔަ މީހާކަމަށް ފުލުހުން ބުނެއެވެ.

އިއިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ 4 ދިވެހިންނާއި 2 ބިދޭސީންކަމަށާއި މީގެތެރެއިން 25 އަހަރުގެ ދިވެހި ފިރިހެނެއްގެ ޙާލު ވަރަށް ސީރިއަސްކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Ads by Ooredoo