ޚަބަރު

ނަސްރުގެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެމްއެންޑީއެފްގެ އަސްކަރީ ޑިސްޕްލޭގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް

މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

Ads by STELCO

އެމްއެންޑީއެފްއިން ބުނީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައ މާދަމާ ފަށާނީ ސިފައިން ބައިވެރިވެ ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުން ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރާ ފަތިސް ނަމާދަށް ފަހު، މާދަމާ ދުވަހު ހެނދުނު، 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އޭގެ އިތުރުން ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި  އޮންނާނެކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އަދި މާދަމާ ހަވީރު 04:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ބާއްވާ އިތުރު ހަރަކާތްތައް

  • ނަސްރުގެ ދުވަހުގެ ދުވުން
  • ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުން
  • ގދ. ތިނަދޫ ސިޓީގައި ކުޑަކުދިންގެ ހަވީރަކާއި ފޮޓޯ މައުރަޒެއް

Ads by Allied Insurance