ކުޅިވަރު

ކުރިއަރަމުން އަންނަ ހުނަރުވެރި ތަރި އީތަންއާ މިނިސްޓަރ މަހްލޫފް ބައްދަލު ކުރައްވައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް މިއަދު ކުރިއަރަމުން އަންނަ ފުޓްބޯޅަ ކުޅުންތެރިޔާ އީތަން އިބްރާހީމް ޒަކީއާ މިއަދު ބައްދަލު ކުރައްވައިިފިއެވެ.

Ads by Sosun Fihaara

މިނިސްޓްރީ އޮފް ޔޫތުގައި އޮތް މި ބައްދަލުވުމުގައި އީތަންގެ ފުޓްބޯޅަ ކެރިއަރުގެ ވާހަކަަތައް މިނިސްޓަރ މަހްލޫފާއި ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ހަމަ އެހެންމެ މިހާތަނަށް އީތަން އަށް ލިބިފައިވާ ކާމިޔާބީތަކާއި ކުރިއަށް އޮތްތަނުގައި ކުރިއަށް ދިއުމަށް އީތަންއަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާ ކުރެވިގެން ދިޔައެވެ.

އީތަން އަކީ 12 އަަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ ހުނަރާއި، އުއްމީދުތަކުން ފުރިގެންވާ ކުޅުންތެރިއެކެވެ. ދިވެހިރާއްޖޭގެ ފުޓުބޯޅަައަށް އިންގިލާބެއް ގެނެވޭނެ ފަދަ ކުޅުންތެރިއެއް ކަމަށް މޮޅެތި ފުޓުބޯޅަ ކޯޗުންވެސް ގަބޫލުކުރާ ހުނަރުން ފުރިގެންވާ ކުއްޖެކެވެ.

އީތަންއަށް ވަނީ ސްޕެއިންގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށް ގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި ސްޕެއިންގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދާފައެވެ. އީތަންގެ މި ކާމިޔާބީއާ ގުޅިގެން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގޯލް ކީޕަރު މުހައްމަދު އިމްރާނާއި ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ވެސް ވަނީ އީތަން އަށް މަރުހަބާ ކިޔާފައެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް އީތަންގެ ނަން އެރީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ހުނަރުވެރި، ކުރިއަށް ދިއުމުގެ ހިތްވަރު ހުރި ކުޅުންތެރިއަކަށް ވާތީއެވެ.

 

މިނިސްޓަރ މަހްލޫފަކީ ކުރިއަރަމުން އަންނަ މިފަދަ ހުނަރުވެރި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ އެ ކުޅުންތެރިންނާ ގާތްގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!