ރައީސް މައުމޫނަށް ނޮވެމްބަރު 3ގެ ޝަރަފުވެރި އައްޑަނަ އަރުއްވައިފި
ނޮވެމްބަރު 3ގެ ޚާއްޞަ އައްޑަނައެއް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަރުވައިފިއެވެ.
މި ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް މިއަދު އަރުވައިފައި ވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިއީ ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާގައި އޭރު ހުންނެވި ރައީސެއްގެ ހައިސިއްޔަތުން ކުރެއްވި ތައުރީފް ހައްގު މަސައްކަތްޕުޅުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެރުވި އައްޑަނައެކެވެ.
އެ ދުވަހު ސިފައިންގެ ތެރެއިން ޝަހީދުވި ބޭކަލުންނާއި އާންމު ރައްޔިތުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުން، އެ ބޭފުޅުންގެ އާއިލާތަކަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ ޝަރަފުގެ އައްޑަނަ އަރުވައިފައެވެ.
3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން އަށް ބޭކަލަކު ޝަހީދުވިއެވެ. އަދި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭފުޅުން ޝަހީދުވިއެވެ.
