ޚަބަރު

ދަރަވަންދޫ އެއަރޕޯޓުގެ ޓާރމިނަލް ޑިޒައިންކުރާނެ ބަޔަކު ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބ. އަތޮޅު ދަރަވަންދޫ އެއަރޕޯޓުގެ ޓާރމިނަލް ޑިޒައިންކުރާނެ ބަޔަކު ހޯދުމަށް އައިލޭންޑް އެވިއޭޝަނުން އިޢުލާންކޮށްފިއެވެ.

Ads by STELCO

ދަރަވަންދޫ އެއަރޕޯޓުގެ ޖާގަ ބޮޑުކޮށް ޚިދުމަތްތައް އިތުރުކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އައިލޭންޑް އެވިއޭޝަނުން ބުނެއެވެ. މިގޮތުން ޓާރމިނަލް ބޮޑުކޮށް ޑިޕާޗަރ ގޭޓް އިތުރު ކުރެވޭނެ ކަމަށާއި އެރައިވަލް ހޯލް ބޮޑު ކުރުމާއި އެރައިވަލް ބެލްޓް އިތުރުކުރެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއެއްގެ ޖާގަ އިތުރު ވެގެންދާނެ ކަމަށާއި މިހާރު ހުރި ޓާރމިނަލަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ.

އައިލޭންޑް އެވިއޭޝަނުންކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ ދަރަވަންދޫ އެއަރޕޯޓުގެ ޓާރމިނަލްގެ ޑިޒައިން ކުރުމުގެ މަސައްކަތާއި އެކަމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދާކަމަށާއި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައި އޮންނާނެކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!