އެސްޑީއެފްސީގެ ފެސިލިޓީތަކަށް ބީއެމްއެލް މޮބައިލް އެޕުން ފައިސާ ދެއްކޭނެ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ފެސިލިޓީތަކަށް ބެންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކުންފުނިން ބުނެފައި ވަނީ މިއީ އެ ކުންފުނިންދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެފަރާތެއްގެ ފެސިލިޓީގެ މަޢުލޫމާތުތައް މިހާރު ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށެވެ. އަދި ބީއެމްއެލް އެޕް މެދުވެރިކޮށް ފެސިލިޓީއަށް ފައިސާ ވެސް ދެއްކޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ކުރިން މެނުއަލްކޮށް ފެސިލިޓީތަކަށް ފައިސާ ދައްކަމުން އައި ޓްރާންސްފަރތައް މަދުކުރެވި، ރިއަލް ޓައިމްކޮށް ޕޭމަންޓްތަކުގެ އަޕްޑޭޓް ލިބިގެންދާނެ ކަމަށާއި ޚިދުމަތްތައް ކުރިއަށް ވުރެ އަވަސް ވެގެންދާނެކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި ޚިދުމަތް ހޯދުމަށް ބީއެމްއެލް މޯބައިލް އެޕްލިކޭޝަންގައި އެ ފަރާތަކުން ބޭނުންކުރަމުން އަންނަ އަމިއްލަ އެކައުންޓް މެދުވެރިކޮށް އެޕަށް ލޮގިންވެ ކުރިއަށް ދެވޭނެކަމަށް ވެސް އެސްޑީއެފްސީން ބުނެއެވެ،
