ޚަބަރު

މާލެ ސަރަހައްދުން އެކަނި ކުށުގެ ރިކޯޑް އޮތް 4555 މީހުން ހުއްޓުވާ ސުވާލުކުރެވުނު: ފުލުހުން

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ މައި އިދާރާ

މާލެ ސަރަހައްދުން އެކަނި ކުށުގެ ރިކޯޑު އޮތް 4555މީހުން ހުއްޓުވައި ސުވާލުކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިއަދު ފުލުހުން ހިއްސާކޮށްފައިވާ، ފާއިތުވި އޮކްޓޯބަރު މަހުގައި މާލެ ފްރަންޓްލައިން ޕޮލިހުން ކުރަމުންދާ މަސައްކަތުގެ ތަފާސް ހިސާބު ދައްކާގޮތުން މާލެ ސަރަހައްދުގެ 26262 ތަނެއް ފުލުހުން ބަލައި ފާސްކޮށްފައިވާކަމަށާއި ޖުމްލަ 4633 މީހަކު ހުޓުވައި ސުވާލުކުރެވިފަވާކަމަށްވެއެވެ. އޭގެތެރެއިން 78މީހުންނަކީ ކުށުގެ ރިކޯޑެއް ނެތް މީހުން، އަދި  4555މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުންކަމަށް ފުލުހުން ބަޔާންކޮށްފައިވެއެވެ.

މާލެ އޭރިއާ ފްރްންޓްލައިން ފުލުހުން އެޓެންޑްވެފައި ވަނީ ޖުމްލަ 151އެއް ސީންއަކަށެވެ. އޭގެ ތެރެއިން 112 ވައްކަމުގެ ސީންއާއި 18 މާރާމާރީ ސީންއާއި 14 އެކްސިޑެންޓް ސީން އަދި ފޭރުމުގެ 7 ސީންކަމަށް ފުލުހުންގެ ތަފާސް ހިސާބް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ރިކަވަރކޮށްފައިވާ މުދަލުގެ ތަފާސް ހިސާބުގެ ތެރޭގައި 110 ސައިކަލަކާއި 31 މޯބައިލް ފޯނާއި 12 އިލެކްޓްރޯނިކްސް އާލާތްތަކާ އަދި 65 އެހެނިހެން ތަކެތި ހިމެނެއެވެ. ފައިސާގެ 32 މައްސަލައެއްގައި 324،344ރ ރިކަވަރކޮށްފައިވާކަމަށް ފުލުހުންގެ ރިޕޯޓުތައް ދައްކައެވެ.

ފުލުހުންދަނީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާދިނުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

 

 

Ads by HDC