ޚަބަރު

އަންހެނުން ވިޔަފާރީގެ ތެރެއަށް ނެރެން ދޫކުރާ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އަންހެނުން ވިޔަފާރީގެ ތެރެއިން ނެރެން ދޫކުރާ ލޯނަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

Ads by STELCO

އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން(އެސްޑީއެފްސީ)އިން ދޭ އެ ލޯނަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ.

އެ ލޯން ސްކީމުގެ ދަށުން 25،000އިން ފެށިގެން 250،000 ރުފިޔާއަށް ލޯނު ދޫކުރާނެ ކަމަށް އެސްޑީއެފްސީއިން ބުންޏެވެ. އަދި ލޯނު ދައްކަން ފަށަން އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު ލޯނު އެއްކޮށް ދައްކަން ހަތް އަހަރު ލިބޭނެއެވެ.

އެ ލޯނަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ދޫކުރާ ލޯނެއް ކަމަށް ވެސް އެސްޑީއެފްސީއިން ބުންޏެވެ.

އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ ދާއިރާއަށް ނެރެ ދެމެހެއްޓެނި އިގުތިސާދީ ތަރައްގީއާ ދިމާލަށް ދިއުމަށް ފެށި ސްކީމެއް ކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާއަށް ގިނަ އަދަދެއްގެ އަންހެނުން ވަންނަ ތަން ދެކެން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!