ޚަބަރު

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހުޅުމާލެ ހޮސްޕިޓަލު/ ފޮޓޯ: އަވަސް

ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. އެކްސިޑެންޓް ހިނގާފައި ވަނީ ވަންވޭއާ ހިލާފަށް އައި ސައިކަލެއް، އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެތަނުން އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ނިޔާވެފައި ވަނީ ކ. ދިއްފުށި، ލައިޓްގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް 19،އެވެ.

އަނިޔާވި އަނެއް ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!