Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށް ގޮސްފި

ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށް ގޮސްފި

ކަނޑު މަތީގައި ދެ ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް އަޑިއަށް ގޮސްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ބާސެލޯ މޯލްޑިވްސް ރިސޯޓުގެ ފުއްޓަރު ފަރާތާ ދިމާ ބޭރުން ކަމަށާއި ފުލުހުންނަށް މި ހާދިސާގެ ރިޕޯޓްކޮށްފައި ވަނީ މެންދުރު 12:29 އެހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި އެކްސިޑެންޓުގައި ގެއްލުން ލިބުނު އެއް ދޯނި ވަނީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނެއް ދޯނީގެ ޑެކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް