ޚަބަރު

މާލޭގެ މިސްކިތަކަށް ގެއްލުން ދީގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތޮއިބާ މިސްކިތަށް ގެއްލުން ދީގެން ހައްޔަރުކުރި މީހާ----

މާލޭގެ މިސްކިތަކަށް ގެއްލުން ދީގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

Ads by STELCO

މިއަދު ހެނދުނު 7 ޖަހާކަންހާއިރު، ތޮއިބާ މިސްކިތަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރީ ގއ. ގެމަނަފުށި/ އައްޑަނަ، މުހައްމަދު މުތީއު ހަސަން، (24އ)އެވެ. އޭނާ ވަނީ ތޮއިބާ މިސްކިތުގެ ކުޑަދޮރުތަކެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންތަކެއްދީފައިއެވެ.

އެހެން ނަމަވެސް ފުލުހުން މިއަދު މަޢުލޫމާތު ދީފައި ވަނީ މުތީއު ދޫކޮށްލައި އޭނާގެ އާއިލާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

މާލޭގެ މިސްކިތަކަށް ގެއްލުންދިން އިރު އިއްޔެ އަސުރު ނަމާދުގެ ފަހުން ހިތަދޫގައި ހުންނަ މަސްޖިދުލް އުމަރު ފާރޫޤް މިސްކިތަށް ވެސް ގެއްލުންތަކެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެެވެ. ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

  1. ނަންނުބުނި

    ތީ ފުލުހުންނާ ގުޅިގެން ރާވާގެން ކުރަނީ