Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތައިލައިފި

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތައިލައިފި

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތައިލައިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ނައްތާލެވުނު ތަކެއްޗަކީ މި އަހަރުގެ މެއި މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީ އެއަރޕޯޓުން ފުރުމަށް ދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި 53 ފުޅި ބަނގުރަލާއި 2 ދަޅު ބަނގުރާ ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

މި ތަކެތި ނައްތާލުމުގައި ޢަމަލުކޮށްފައިވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތައިލުމުގައި ޢަމަލުކުރާ ޤަވައިދުގެ ދަށުން، އެކަމަށް އެކުލަވާލެވިފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް