ޚަބަރު

މަހުލޫފް ޕީއެންސީއަށް ސޮއިކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަހުލޫފް ޕީއެންސީއަށް ސޮއިކުރުމަށް ފަހު ރައީސް މުއިއްޒުއާއެކު--

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

Ads by STELCO

މަހުލޫފް ޕީއެންސީއަށް ސޮއިކުރީ ޕީއެންސީގެ ވެރިކަމަށް ދެ އަހަރު ފުރުމާ ދިމާކޮށް މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޖަލްސާގަ އެވެ.

ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު ރަމްޒީ ފޯމު މަހުލޫފް ވަނީ ސްޓޭޖުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފަ އެވެ.

މަހުލޫފް ސިޔާސީ ހަރަކާތްތައް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޑީއާރުޕީއިން އެވެ. އަދި އޭގެ ފަހުން ޕީޕީއެމްގަ އެވެ.

ނަމަވެސް ވަކި ހިސާބަކުން ޕީޕީއެމް ހަރަކާތްތަކުން ދުރުވެ 2018 ވަނަ އަހަރު ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު މަހުލޫފް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

މަހުލޫފްއާއެކު އިތުރު ބޭފުޅުންވެސް ވަނީ ޕީޕީއެމްއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފްވެސް ހިމެނިވަޑައިގަންނަވަ އެވެ.

Ads by HDC