ގާނޫނުއަސާސީގައި އަތޮޅު ކައުންސިލް ބަޔާންކުރާ ބައިތައް އުނިކުރަން ހުށަހަޅައިފި
ގާނޫނުއަސާސީގައި އަތޮޅު ކައުންސިލްތައް ބަޔާންކުރާ ބައިތައް އުނިކުރާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ބިލު ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނަ މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއެވެ.
އެއް އިސްލާހަކީ ކައުންސިލްތައް ހެދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރު ބަޔާންކުރާ މާއްދާ އެވެ. ބިލުގައި އޮންނަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހެދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ކަމެވެ.
ދެން ހިމެނެނީ ކައުންސިލްތަކުގެ ވޯޓު ނެގުމަށް އޮންނަ މާއްދާ އެވެ.
ނަމަވެސް ގާނުނުއަސާސީގައި އިދާރީ ދާއިރާތަކުގެ ގޮތުގައި މާލެ އާއި އަތޮޅުތައް ބަޔާންކޮށްފައި އޮންނަ މާއްދާ އިސްލާހުކުރާކަށް ނުހިމެނެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ އަތޮޅު ކައުންސިލް އުވާލުމަށް ފަހު، އަތޮޅުތަކުގެ ކަންކަން ބެލުމަށް ސިވިލް ސާވިސް އޮނިގަނޑުގެ ތެރެއިން އެންމެ މަގާމެއް އުފެއްދުމެވެ. ސަރުކާރުން ބުނަނީ އޭރަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އަހަރަކު ސަލާމަތްވެ އެވެ.
