ހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރައްވަނީ
ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާއިރު، ރިޓަޔަމެންޓް ގަބޫލުކުރަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
ނިޔާޒު، ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކޮށްފައި ވަނީ ޖެނުވަރީ 25، 2018 ގައެވެ. އޭގެ ކުރިން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ. ޝަރުއީ ދާއިރާގެ މަސައްކަތް ފެއްޓެވީ ވައިކަރަދޫ ކޯޓުން، 2002 ވަނަ އަހަރު އެވެ.
އޭގެ ފަހުން 23 އަހަރު ފަނޑިޔާރު ނިޔާޒު ވަނީ އެ ދާއިރާއަށް ހިދުމަތް ކޮށްދެއްވާފަ އެވެ.
ނިޔާޒު ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވަން ހުށަހެޅުއްވިއިރު، މިދިޔަ އޮކްޓޯބަރު މަހު ވަނީ ޖޭއެސްސީގެ ނައިބް ރައީސް ކަމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

