އެމްޕީއެލް ރަނގަޅު ނިންމުމެއް ؛ ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް ވަޒީފާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ހަމަޖައްސައ،ި އެކަމުގެ ލިޔުން މިއަދު އެ ފަރާތްތަކާ ހަވާލުކޮށްފި އެވެ.
މީރުމާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައ،ި އެ ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނ،ް އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެން ދިއުމަކީ އިންސާނީ ކަރާމާތަށް އިސްކަން ދެއްވުމުގެ ވަރަށް މަތިވެރިކަމެއް. އަދި އެ ފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުން ދޭހަވަނީ ހުރިހާ ދިވެހިންނަކ،ީ ހަމަހަމަ ބައެއްކަން އަދި އެކަން އަމަލީ ގޮތުން ސާބިތުކޮށްދިނުމުގެ ވަރަށް ފުރިހަމަ މިސާލެއްކަމަށް" އެކަމަކާ ވިދާޅުވި އެވެ.
އެމްޕީއެލްއިން ވަޒީފާ ދިން 40 ފަރާތުގެ ތެރޭގައ،ި ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ވަޒީފާތަކަށް ހަމަޖެއްސި ފަރާތްތައް ވެސް ހިމެނެއެވެ. މާލޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ޖުމްލަ 35 ފަރާތަކަށް ވަނީ ހަމަޖައްސައިދީފައެވެ.
ދައުލަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއީ މި ވައުދު ފުރިހަމަ ކުރުމަށް ޓަކައި އެމްޕީއެލްއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދިން ދައުލަތުގެ ފުރަތަމަ ކުންފުންޏެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އެމ.ްޕީއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދ،ީ ވަޒީފާގެ ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ
