މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ އެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި މައްސަލާގައި ހުޅުމާލެ ފޭސް 1 އިން ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ / ރޯޝަނީގެ، ޙަސަން ނާހިލް (18އ) ކަމަށާއި އޭނާ ހައްޔަރަށް ގެނެވުނީ މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާ ބަލައި ފާސް ކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 31.23 ގްރާމު ހުރިކަމަށް ފުލުހުން ބުނެއެވެ.
ނާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.
