ބޮލީވުޑް

ބޮލީވުޑް ލެޖެންޑު، ދަރްމެންދްރަ މަރުވެއްޖެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ދަރްމެންދްރަ --

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު، ދަރުމެންދްރަ އުމުރުން 89 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

Ads by STELCO

އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި ވަނީ ހާލު ދެރަވެގެންނެވެ. މުސްކުޅި ބަލީގައި ހާލު ދެރަވެގެން މިމަހުގެ 10 ވަނަ ދުވަހު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނެވެ. އެ ފަހަރު އޭނާ މަރުވެއްޖެ ކަމަށް މީޑިއާގައި ދޮގު ހަބަރު ފެތުރިފައި ވަނިކޮށް، ސްޓޭބަލް ވުމުން ވަނީ ގެއަށް ދޫކޮށްލައިފައެވެ.

1960ވަނަ އަހަރު ބޮލީވުޑަށް ނުކުތް ދަރްމެންދްރަ ވަނީ އެތައް ބްލޮކްބާސްޓާ ފިލްމުތަކެއް ކުޅެފައެވެ. އޭނާގެ ބައެއް ރޯލުތައް މިހާރު ވެސް ވަރަށް އައިކޮނިކްއެވެ. އޭގެ ތެރޭގައި މަޝްހޫރު "ޝޯލޭ" ފިލްމުގައި ކުޅުނު "ވީރޫ"ގެ ރޯލު ފާހަގަކުރެވެއެވެ. އެ ރޯލުން މިހާރު ވެސް އެކުވެރިކަމުގެ މިސާލު ނަގައެވެ.

ދަރްމެންދްރަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ތޭރީ ބާތޯމޭ އޭސާ އުލްޖާ ޖިއާ" ފިލްމުންނެވެ. އަންނަ އަހަރު ރިލީޒް ކުރާ "އިއްކިސް"ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފައެވެ.

ދަރްމެންދުރަގެ ދިގު ކެރިއަރުގައި އޭނާ ވަނީ 300އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!