ޚަބަރު ދުނިޔެ

26 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ޑޮކްޓަރެއް ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

ސްރީލަންކާގެ ކަހަތުޑުވާ އަވަށުގައި 26 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި 40 އަހަރުގެ ޑޮކްޓަރެއް ހައްޔަރުކޮށްފިއެވެ.

Ads by STELCO
Ads by Creative Network

އެ ޤައުމުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ނޮވެމްބަރު މަހުގެ 12ވަނަ ދުވަހު ވަތަރާ ޑިސްޓްރިކްޓް ހޮސްޕިޓަލްގެ އޯޕީޑީއަށް ޑޮކްޓަރަށް ދެއްކުމަށް އެ އަންހެންމީހާ ދިޔަކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކޮށް ނަތީޖާ ލިބުމުން، އަނެއްކާ ވެސް ދެއްކުމަށް ޑޮކްޓަރު ބުނެފައިވާކަމަށް ވެއެވެ.

އެ އަންހެންމީހާ ނޮވެމްބަރު 19 ވަނަ ދުވަހު ރިޕޯޓް ދެއްކުމަށް ހޮސްޕިޓަލަށް ދިއުމުން އޭނާގެ އިތުރަށް ޗެކް ކުރުމަށް ބޭނުންވާކަމަށް ޑޮކްޓަރު ބުނެ، އޭނާގެ އެހީތެރިއެއް ވެސް ޑޮކްޓަރުގެ ކޮޓަރިއަށް ނުވައްދާ، ޑޮކްޓަރު ވަނީ އޭނާއަށް ޖިންސީ ފުއްސާރަ ކޮށްފައިކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.

މި މައްސަލަގައި ޑޮކްޓަރު ހައްޔަރުކޮށްފައި ވަނީ ދެ ފަރާތުގެ ބަޔާން ނެގުމަށް ފަހު، މައްސަލަ އިތުރަށް ތަހްޤީޤު ކުރުމަށްކަމަށް މީޑިއާތަކުން ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!