ޚަބަރު

އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިއަނުގެ ބަޖެޓު ފާސްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ/ ފޮޓޯ: މަޖިލީސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by MPL

ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މިއަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 7.4 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.

މަޖިލީހުން މިއަދު ބަޖެޓް ފާސްކޮށްފައި ވަނީ 74 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަރުހަލާ ކުރިއަށް ދިޔައިރު، ބަޖެޓު ކޮމެޓީން ވަނީ ކުދިކުދި އިސްލާހުތައް ގެނެސްފައެވެ. ނަމަވެސް އޭގެ ސަބަބުން ސަރުކާރުން ހުށަހެޅި ނަންބަރަކަށް ބަދަލެއް ނާދެއެވެ.

ބަޖެޓު ދިރާސާކޮށްފައި ވަނީ އޮޑިޓާ ޖެނެރަލް، ގަވަރުނަރު އަދި ފިނޭންސް މިނިސްޓްރީއާއި މިނިވަން މުވައްސަސާތަކާ ވެސް ބައްދަލުކޮށް، މައުލޫމާތު ސާފުކޮށްގެންނެވެ.