ޚަބަރު ދުނިޔެ

ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓްތަކަކާ އެކު 3 މީހަކު ލަންކާ އެއަރޕޯޓުން ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ލަންކާ ބަންޑަރަނައިކޭ އިންޓަރނޭޝަނަލް އެއަރޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް

ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓްތަކަކާ އެކު 3މީހަކު ލަންކާ ބަންޑަރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފިއެވެ.

Ads by STELCO
Ads by Creative Network

އެ ޤައުމުގެ މީޑިއާތަކުން ހާމާކޮށްފައިވާ ގޮތުގައި މި 3 މީހުން ލަންކާއަށް އައިސްފައި ވަނީ މި ނޮވެމްބަރު މަހު 25ވަނަ ދުވަހުގެ ރޭ ދަންވަރު 1:00ގައި ދުބާއީން ލަންކާއަށް ދަތުރުކުރި އެމިރޭޓްސްގެ ފްލައިޓު (އީކޭ-648)އިންނެވެ. އަދި އެ މީހުންގެ ޢަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ހުއްޓުވާ ޗެކްކުރުމުން ،ލަގެޖުގައި ފޮރުވާފައި ހުރި "ޕްލެޓިނަމް" ބްރޭންޑުގެ 595 ކާޓޫން ސިނގިރޭޓު ފެނިފައިކަމަށް މީޑިއާތައް ބުނެއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކޮށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ސިނގިރޭޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އަމުރުކޮށް 300،000ރ(ލަންކާ ރުޕީސް)އިން ޖޫރިމަނާކޮށްފައެވެ. އަދި ކޮންމެ މީހަކު 900،000ރ(ލަންކާ ރުޕީސް)އިން ޖޫރިމަނާކޮށްފައިވާ ކަމަށް އެ ޤައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!