ޚަބަރު

މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ލ. މާވަށު / ލިލީނައިޓް، މުޙައްމަދު ވިޝާހު ޢަލީ (24އ) / ފޮޓޯ: ފުލުހުންގެ އިދާރާ

ލ. އަތޮޅު މާވަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by MPL

މި މައްސަލަގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށު / ލިލީނައިޓް، މުޙައްމަދު ވިޝާހު ޢަލީ (24އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މީހާ ހައްޔަރަށް ގެނެވުނީ، ލ. ފޮނަދޫއިން އިން ލ. މާވަށަށް ދަތުރުކުރާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިގެން، މާވަށު ފުލުހުންގެ އިދާރާއިން މި މަހުގެ 24ވަނަ ދުވަހު ހިނގި އޮޕަރޭޝަނުގައި އެ ލޯންޗު މާވަށު ބަނދަރަށް ކައިރި ކުރުމުން، އެ ލޯންޗުގެ ތެރެއިންކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، ވިޝާހް އެވަގުތު އެ ލޯންޗުގައި އިން ކަމަށާއި އޭނާ ބަލައި ފާސް ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި 8 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 2.52 ހުންނާނެކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަގައި ވިޝާހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށާއި މި މައްސަލަ އިތުރަށް މާވަށު ފުލުހުންގެ އިދާރާއިން ތަހްޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!