Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޯޓުން ބަލަމުންދާ މައްސަލައެއްގައި ބަނގްލަދޭޝް ރައްޔިތެއް ހޯދަނީ

ކޯޓުން ބަލަމުންދާ މައްސަލައެއްގައި ބަނގްލަދޭޝް ރައްޔިތެއް ހޯދަނީ

ކްރިމިންލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށް، ބަނގްލަދޭޝް ރައްޔިތަކު ހޯދަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، ފުލުހުން ހޯދަމުންދަނީ، ބަނގްލަދޭޝް، ދުލާލް (54އ)އެވެ. ދުލާލްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 30 ނޮވެމްބަރު 2025ވަނަ ދުވަހުގެ 9:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މީހާއާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442ކަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް