ޚަބަރު

ހުޅުމާލެ ބައު އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް، ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެ ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް / ފޮޓޯ: ދެން މީޑިއާ

ހުޅުމާލެ ބައު އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެ ފަރުވާ ދެމުންދާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑުން ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ބުނެފައި ވަނީ، ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލު ކުރުމުގެ ތެރޭގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާ ކަމަށާއި އެ ވަގުތު އެ މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފަކަށް އެކިވަރުގެ އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ.

އަލިފާނުގެ ޙާދިސާއެއްގައި އަނިޔާވެގެން ގެނައި، ސްޓެލްކޯގެ މުވައްޒަކަށް ހުޅުމާލެ ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުންދާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ނަމަވެސް އެ ހޮސްޕިޓަލުން އިތުރު ތަފްޞީލެއް ހާމައެއް ނުކުރެއެވެ.

މިއަދު މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. ނަމަވެސް ކަރަންޓް ކެޑެން މެދުވެރިވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމެއް ސްޓެލްކޯއިން ހާމައެއް ނުކުރެއެވެ.

Ads by Ooredoo