ޚަބަރު ދުނިޔެ

އޮސްޓްރޭލިއާގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާ ކުރާތީ، 16 އަހަރުން ދަށުގެ ދެ ކުދިން ކޯޓަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ނޯއާ ޖޯންސް އަދި މޭސީ ނޭލަންޑް / ފޮޓޯ: ދެން މީޑިއާ

އޮސްޓްރޭލިއާގެ ސަރުކާރުން 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރުމަށް ނިންމުމާ ގުޅިގެން، އެ ޤައުމުގެ 16 އަހަރުން ދަށުގެ ދެ ކުދިން ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by MPL
Ads by STELCO

ބޭރުގެ މީޑިއާތައް ބުނާގޮތުން، ޢުމުރުން 15 އަހަރުގެ ނޯއާ ޖޯންސް އަދި މޭސީ ނޭލަންޑް ކޯޓަށް މައްސަލަ ހުށަހެޅީ މިނިވަންކަ މާއެކު މުޢާމަލާތް ކުރުމުގެ ޙައްޤު ނިގުޅައިގަންނަ ކަމަށް ބުނެއެވެ. އަދި އެއީ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލެއްކަމަށާއި މިއީ ކުޑަކުދިންގެ ޙައްޤުތަކަށް ބެލުމެއް ނެތި ނެރެފައިވާ ޤާނޫނެއްކަމަށް އެ ކުދިން ބުނެފައިވާކަމަށް މީޑިއާތައް ބުނެއެވެ.

"އަހަރެމެން ހަނު ތިބެގެން ނުވާނެ. މިއީ އޮރވެލްގެ ފޮތް 1984 ކަހަލަ ކަމެއް. މިކަމާ އަހަރެން ބިރުގަންނަނީ" މޭސީ ނޭލަންޑް ބުނެފައިވެއެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާކަން އިޢުލާންކުރީ ޑިޖިޓަލް ފްރީޑަމް ޕްރޮޖެކްޓް (ޑީއެފްޕީ)، ޖަމިއްޔާއިންނެވެ. މިއީ ޑިޖިޓަލް ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއްކަމަށާއި ޒުވާނުންނަށް މަޢުލޫމާތު ހޯދުމަށާއި ގުޅުން ބަދަހި ކުރުމަށް ސޯޝަލް މީޑިއާ މުހިއްމުކަމަށް އެ ޖަމިއްޔާއިން ބުނެފައިވާކަމަށް ބޭރުގެ މީޑިއާތަކުން މަޢުލޫމާތުދެއެވެ.

އޮސްޓްރޭލިއާގެ މި ޤާނޫނުގެ ދަށުން 16 އަހަރުން ދަށުގެ ކުދިންނަށް މެޓާ، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި އެކައުންޓެއް ނުހުޅުވޭނެއެވެ. މި ޤާނޫނު ތަންފީޒުކުރުމަށް ނިންމައިފައި ވަނީ އަންނަ ޑިސެމްބަރު މަހު 10 ވަނަ ދުވަހުކަމަށް މީޑިއާތައް ބުނެއެވެ.

އޮސްޓްރޭލިއާގައި 16އަހަރުންދަށުގެ ކުދީންނަށް ސޯޝަލް މީޑިއާ މަނާކުރަނީ – Dhen.mv

އޮސްޓްރޭލިއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 13އަހަރާއި 15އަހަރާ ދެމެދުގެ 150،000އަށް ވުރެ ގިނަ ކުދީން ފޭސްބުކް ބޭނުންކުރެއެވެ. އަދި 350،000އަށް ވުރެ ގިނަ ކުދީން އިންސްޓަގްރާމް ބޭނުންކުރެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ ބޭނުންކުރާ 10-އަހަރާއި 15އަހަރާ ދެމެދު ކޮންމެ 10ކުދީންގެ ތެރެއިން 7ކުއްޖަކު އުޅުމާއި ގުޅުމަށް ނޭދެވޭ އަސަރުކުރާ ކޮންޓެންޓަށް ހުށަހެޅޭކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. އެ ފަދަ ކޮންޓެންޓްތަކުގެ ތެރޭގައި އަނިޔާވެރިކަމަށާއި މާރާމާރީ އަދި އަމިއްލައަށް މަރުވުމަށް ހިތްވަރުދޭ ކޮންޓެންޓާއި ކެއުންބުއިމުގެ ނުރަނގަޅު އާދަތައް އުފެދޭ ފަދަ ކޮންޓެންޓް ހިމެނެއެވެ.

Ads by Allied Insurance