ޚަބަރު ދުނިޔެ ސަރުކާރު

މޫޑީސްގެ ރޭޓިންގައި ރާއްޖެ އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްގެ ރޭޓިންގައި ރާއްޖެ ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް"އަށް މިއަދު ބަދަލުކޮށްފިއެވެ.

Ads by MPL
Ads by MPL

މޫޑީސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެގެ ރޭޓިން ކުރިން އޮތް ޙާލަތުން ބަދަލު ކުރެވުނީ ރާއްޖޭގެ ހަރުދަނާ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގްތިޞާދީ ހާލަތު ރަނގަޅު ވަމުންދާތީކަމަށެވެ. އަދި އެއަރޕޯޓް ޓެކްސްއާއި ގްރީން ޓެކްސް އަދި ޓީ-ޖީއެސްޓީގެ ރޭޓުތައް ބޮޑުކޮށް އާމްދަނީ އިތުރު ކުރުމާއި ބޭރުގެ ފައިސާގެ ޤާނޫނާއި ޤަވައިދު ތަންފީޒުކޮށް، ރަސްމީ ރިޒާވް ރަނގަޅުވާކަން މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު އެސްޑީއެފްގައި ބޭރު ފައިސާގެ ބެލެންސް 15 މިލިއަން ޑޮލަރުގައި ހުރުމާ އެކު މި މަހުގެ 9ގެ ނިޔަލަށް އެ އަދަދު 126 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށާއި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތައް ކޮންޓުރޯލްކޮށް، މި އަހަރުގެ ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް އެ ބަޔާނުގައި ބަޔާންކޮށްފައި ވެއެވެ. އަދި އިންޑިއާ ފަދަ ޤައުމުތަކުން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ލައިނާއި ކަރަންސީ ސްވޮފް އެހީތައް ވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމަ އެހެންމެ ރާއްޖެއިން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އެހެނިހެން ދަރަނިތަކުގެ ގޮންޖެހުންތައް ރާއްޖެއަށް އެބައޮތް ކަމަށާއި ރިޒާވް އަދި އެސްޑީއެފް ރަނގަޅުވުމުގެ ސަބަބުން، އެ ދަރަނިތައް ދެއްކުމަށް ފަސޭހަވެގެން ދާނެކަމަށް މޫޑީސްއިން ފާހަގަކުރެއެވެ.

Ads by HDC