ޚަބަރު

ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ހުޅުވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދިއްދޫގައި ބިނާކުރި އިސްލާމީ މަރުކަޒު

ހއ، ދިއްދޫގައި ބިނާކުރި އިސްލާމީ މަރުކަޒު މާދަމާ ހުޅުވަން ނިންމައިފިއެވެ.

Ads by MPL

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ދެން"އަށް މިރޭ ވިދާޅުވީ އެ މަރުކަޒު ހުޅުވަން ނިންމައިފައި ވަނީ މާދަމާ ހެނދުނު 11:30ގައި ކަމަށެވެ.

1988، ނޮވެމްބަރު ތިނެއްގައި އޭރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު އުމަރު އަހުމަދުގެ ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެއްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތް ހުޅުވައިދެއްވުމަށް ފަހު އިމާމުވެ ހުކުރު ކުރައްވާނީ ވެސް މިނިސްޓަރު ކަމަށެވެ.

މި މިސްކިތަކީ އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ހިމެނޭ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުހާނާއަކާއި ގުރުއާން މަރުކަޒުގެ ގޮތްޕަކާއި ޖަލްސާކުރާ މާލަމެއް ވެސް ހުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!