ދުނިޔެ

އެއިޑްސްއިން ޝިފާ ލިބުނު ފުރަތަމަ ބަލިމީހާ ކެންސަރު ޖެހިގެން މަރުވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އެޗްއައި ވައިރަސް ނުވަތަ އެއިޑްސް ޖެހި ، ޝިފާ ލިބުނު ފުރަތަމަ ބަލިމީހާ ކެންސަރު ބަލީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

Ads by WAMCO

އެއިޑްސް އިން ޝިފާ ލިބުނު ފުރަތަމަ މީހާ އަކީ "ބާލިން ޕޭޝަންޓް"ގެ ނަމުން މަޝްހޫރު ޓިމޮތީ ރޭ ބްރައުން އެވެ. އޭނާއަށް އެއިޑްސް ޖެހުނީ 1995 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި ކިޔަވަމުން ދަނިކޮށެވެ.

54 އަހަރުގެ ބުރައުންގެ މަރުގެ ޚަބަރު އާންމު ކުރަމުން އިންޓަނޭޝަނަލް އެއިޑް ސޮސައިޓީ (އައިއޭއެސް) އިން އިިއްޔެ ބުނެފައި ވަނީ 2007 ވަނަ އަހަރު ބުރައުންއަށް ޖެހުނު ކެންސަރު ބަލީގައި ، ކެލިފޯނިއާގައި ހުންނަ އޭނާގެ ގޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

ބުރައުން އެއިޑްސްއިން ސަލާމަތްވީ 2007 ވަނަ އަހަރު ހެދި ބޯންމެރޯ ބަދަލުކުރުމުގެ ސާޖަރީއަށް ފަހުގައެވެ. ނަމަވެސް ހަމަ އެއަހަރު އޭނާ އަށް ވަނީ ލޭ އުފައްދާ ޓިޝޫތަކަށް ޖެހޭ ކެންސަރު ކަމަށްވާ ލުކީމިއާ ޖެހިފައެވެ.

ބުރައުން އެއިޑްސްއިން މިންޖު ވުމަކީ އެ ބަލި ޖެހިފައި ތިބި އެތައް ބަޔަކަށް ، ޝިފާއެއް ލިބިދާނެ ކަމަށް ކުރެވުނު އުއްމީދެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!