ޚަބަރު އިޖުތިމާޢީ ދީން

ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި އާންމުކުރުމުން މީޑިއާތަކުން ދުރުވާން ޖެހޭ: ހުކުރު ޚުޠުބާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި އާންމުކުރުމުން މީޑިއާތައް ދުރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭޙަތްތެރިވެއްޖެއެވެ.

Ads by MPL

މުޖުތަމަޢުގައި ފާޙިޝް ކަންކަން ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަޞީލަތްތައްކަން ފާހަގަކުރަމުން ، ލަދެއް ނެތި، ދުވާލެއް ރޭގަނޑެއް ބެލުމެއް ނެތި، ހިތުހުރި ވާހަކަތަކާއި އޯޑިއޯތަކާއި ވީޑިއޯތައް ފަތުރަނީ ކުޑަކުދިންނާއި، ޒުވާނުންނަށާއި، އެންމެހައި އަފްރާދުންނަށް ލިބިގެންދާނެ ގެއްލުމަކަށް ވިސްނާލުމެއް ނެތިކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އެހެންކަމުން މި ފަދަ ވަޞީލަތްތަކުގެ މަސްއޫލުވެރިންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވުމަށާއި ހުއްދަ ނޫން މަންޒަރުތަކާއި އަޑުތައް ނުހިމެނޭ ގޮތަށް، ޝަރުޢީ އިމުގެތެރެއިން މީޑިއާގެ ވަޞީލަތްތައް ބޭނުންކުރުމަށް، މަސްޢޫލުވެރިންގެ ދަށުގައިވާ މުވައްޒަފުންނަށް މަގުދައްކައި ދިނުމަށް ހުކުރު ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

ފާޙިޝް ކަންތައް ފެތުރުމުގެ ނުރައްކާތެރިކަން ވެސް ޚުޠުބާގައި ވަނީ އަލިއަޅުވައިލައިފައެވެ. އެ ގޮތުން ފާޙިޝް ކަންތައްތަކާ ދުރުހެލިވުމަށާއި އެ ފަދަ ކަންތައްތައް ފެތުރުމާއި، މަގުފަހިކޮށްދޭ ހުރިހައި ކަމެއް ދީނުގައި ޙަރާމް ކުރައްވައިފައިވާކަން ހަނދާންކޮށްދެމުން އެ ކަންކަން މުސްލިމުންގެ ތެރޭގައި ފެތުރުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ބޮޑުވެގެންވާ ޢަޒާބު ހުރިކަމަށް ޚުޠުބާގައި ބުނެދީފައިވެއެވެ.

މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، އީމާންވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި ޢަމަލު، ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު، އެ މީހުންނަށް ހުއްޓެވެ."

Ads by Allied Insurance