ޚަބަރު ދުނިޔެ

ލަންކާއަށް އެހީވުމުގެ ގޮތުން ރާއްޖޭން 50،000 ޑޮލަރާއި މަސްދަޅު ހަދިޔާ ކުރަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ލަންކާގައި ފެންބޮޑުވެފައި --

އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

Ads by STELCO
Ads by Creative Network

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތޫފާން "ޑީތުވާ"ގެ ސަބަބުން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ގައުމަށް އެހީތެރިވުމަށް ނިންމައިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލްގެ އެ ބަޔާނުގައި ވަނީ، މި އެހީތެރިކަމުން ރަމްޒުކޮށްދެނީ، ދެ ގައުމުގެ ދެމެދު އޮތް ގާތް އެކުވެރިކަމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ.

ބޭ އޮފް ބެންގާލްގައި އުފެދުނު މި ތޫފާނުގެ ސަބަބުން ލަންކާގައި ފެންބޮޑުވެ، އެތައް ބަޔަކު ވަނީ މަރުވެފައެވެ. އެގޮތުން މިހާތަނަށް 69 މީހަކު މަރުވެ، 34 މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓުތައް ލިބެއެވެ.

އަދި، 18000 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ އިރު، 3000އަށް ވުރެ ގިނަ ގެއަށް ނޫޅެވޭ ވަރަށް ވަނީ ގެއްލުންވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!