ޚަބަރު އިޖުތިމާޢީ

ހުޅުމާލެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ސްޓެލްކޯ މުވައްޒަފު އިތުުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލްއަށް ބަދަލުކޮށްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑުން ބުނެފިއެވެ.

މި ހާދިސާގައި މުވައްޒަފުގެ ގައިގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އޭގެ ފަހުން އޭޑީކޭ ހޮސްޕިޓަލުން ވެސް ފަރުވާދީފައި ވެއެވެ.

ސްޓެލްކޯއިން ބުނީ އޭނާ ޙާލަތު ވަރަށް ގާތުން ބަލަމުން ގެންދާކަމަށާއި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މިހާރު ބެންކޮކް ހޮސްޕިޓަލުން ފަރުވާދޭ ކަމަށެވެ..

މި ޙާދިސާއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!