ބޮލީވުޑް މުނިފޫހިފިލުވުން

ދީޕިކާ އާއެކު މަސައްކަތް ކުރި "އޭ"، "އެސް"، "އާރް" އެންސީބީ އަށް ހާޒިރު ކުރަނީ! އެއީ ކޮންބައެއް؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ފެށި ތަހުގީގުން ފެންމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ސާރާ އަލީ ޚާން، ރަކުލް ޕްރީތު ސިންގް، ޝްރައްދާ ކަޕޫރް އަދި ދީޕިކާ ޕަދުކޯން ވެސް ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރު ކޮށްފައެވެ.

Ads by MWSC

އެމީހުންނާ ސުވާލުކޮށް އެމީހުންގެ ފޯނުތައް ވެސް ތަހުގީގަށް ނަގާފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މީހެއްގެ ފޯނުން އިތުރު 8 ބޮލީވުޑް ތަރިންނެއްގެ ނަންބަރު އެންސީބީ އަށް ހޯދިފައިވާ ކަމަށް އިންޑިއާގެ "ރިޕަބްލިކް ޓީވީ އިން ވަނީ ބުނެފައެވެ.

އެޓީވީން ގެނެސްދިން ރިޕޯޓެއްގައި. ބުނެފައިވަނީ ދީޕިކާ އާއެކު ކުރިން މަސައްކަތް ކުރި ފިރިހެން ތިން އެކްޓަރަކު އަންނަ ހަފްތާ ތެރޭގައި އެންސީބީ އަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެއީ ކޮން އެކްޓަރުންނެއްކަން ހާމަ ކޮށްފައި ނުވިނަމަވެސް އެމީހުންގެ ނަމުގެ ފެށޭއަކުރު ވަނީ ހާމަކޮށްފައެވެ. އެގޮތުން އެއީ "އޭ" ، "އެސް" އަދި "އާރް" އަކުރުން ނަން ފެށޭ ތިން މީހެއް ކަމަށް އެންސީބީގެ އޮފިޝަލަކު ބުނި ކަމަށްވެއެވެ.

ދީޕިކާ، ސާރާ، ރަކުލްޕްރީތު، އަދި ޝްރައްދާ އަކީ ސިނގިރޭޓު ވެސް ބޯ ބައެއް ނޫން ކަމަށް ބުނުމުން އެމީހުންގެ ކުށެއް ނެތް ކަމަށާއި ދޫކޮށްލާފައި ހުރި ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ވެސް އެންސީބީން ވަނީ ދޮގު ކޮށްފައެވެ. އެގޮތުން އެންސީބީން ބުނީ އެމީހުންނަކީ ފަސްބައި ސާފު ކަމަށް މިކަމުގައި އެއްވެސް ކުށެއް ނެތް ބައެއް ކަމަށް އަދި ނުނިންމާ ކަމަށާއި މިމައްސަލައިގައި ބޮލީވުޑްގެ އިތުރު 8 މީހަކު ތަހުގީގަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!