ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެކަމުގެ ޔަގީންކަން ރައީސް އަނެއްކާ ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ދެއްވައިފިއެވެ.

Ads by MPL

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ ޝަރުއީ ދާއިރާއަށް އެ މަނިކުފާނު ނުވަތަ ސަރުކާރުގެ އެއްވެސް ބޭފުޅަކު ނުފޫޒު ފޯރުވާކަމަށް އެއްވެސް ފަނޑިޔާރަކަށް ނުބުނެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަގީގީ މާނައިގައި ކޯޓުތައް މިނިވަންކުރަން ކަމަށެވެ. އަަދި ޑުރަގުގެ މައްސަލަތަކާއި އެހެނިގެން މައްސަލަތަކުގައި ފިޔަވަޅު އަޅަމުންދާ އިރު ކޯޓުތަކުގެ މިނިވަންކަން ހާމަވެގެންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ޖުޑިޝަރީ މިނިވަން ވެގެންދާނެ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު ވައުދުވީ ގޮތަށް ޖޭއެސްސީ ކޮމްޕޮޒިޝަން ވެސް ބަދަލުކުރާނަން. އެކަމަށް ގެންނަ ގާނޫނީ އިސްލާހު ވެސް ހުށަހަޅާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން ވެސް ކުރިއަށް ގެންދަނީ ވަކި ތަރުތީބެއްގެ ދަށުން ކަމަށެވެ.

"ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކަމާ އެކީގައި އޮޕަރޭޓްކުރާކަން ރައްޔިތުންނަށް އިހުސާސްވާ ވަރަށް އެތަން އެބަ ފެންނަން ޖެހޭ ދެން ހުންނަ ފިޔަވަޅުތައް އަޅާއިރު ވެސް،. އެހެންވީމާ ޖުޑިޝަރީ ފުރިހަމަ ކަމާ އެކީގައި މިނިވަން ވެގެންދާނެ" ރައީސް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!