މުނިފޫހިފިލުވުން

ބިގް ބޮސް 19 ކާމިޔާބުކުރީ ގޯރަވް ޚަންނާ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ގޯރަވް ޚަންނާ

އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯ، 'ބިގް ބޮސް'ގެ 19ވަނަ ސީޒަންގެ ޓްރޮފީ، އެކްޓަރު ގޯރަވް ޚަންނާ ކާމިޔާބުކޮށްފިއެވެ.

Ads by MPL

ކަލާސް ޓީވީއިން ދައްކާ މި ޝޯގެ ގްރޭންޑް ފިނާލޭ އޮތީ ރޭގައެވެ. ޖުމްލަ 18 ބައިވެރިންނާ އެކު ފެށި މި ޝޯގެ ފަސްވަނަ ހާސިލްކޮށްފައި ވަނީ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު، އަމާލް މަލިކްއެވެ. ހަތަރުވަނަ ހާސިލް ކުރީ ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ ތާނިޔާ މިއްތަލްއެވެ. ތިންވަނަ އިން ޝޯއާ އަލްވަދާއު ކީ ސްޓޭންޑަޕް ކޮމެޑިއަން ޕްރަނިޓް މޯރޭއެވެ.

މި ޝޯގެ ޓޮޕް ޓޫއަށް ގޮސްފައި ވަނީ ގޯރަވްގެ އިތުރުން ފަރްހާނާ ބަޓްއެވެ. ވަރަށް ވާދަވެރިކޮށް ދިޔަ ވޯޓިން ޓްރެންޑުގައި އެންމެ ގިނަ ވޯޓު ހޯދައިގެން ޝޯ ކާމިޔާބު ކުރީ ގޯރަވްއެވެ.

ގްރޭންޑް ފިނާލޭގައި ޓޮޕް ފައިވްއަށް ދިޔަ ބައިވެރިންގެ އާއިލާ މީހުންނާއި، ޝޯއިން ކަޓައިގެން ދިޔަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ މި ޝޯއަކީ އިންޑިއާގެ އިތުރުން އެހެން ގައުމުގަތަކުގައި ވެސް މަގުބޫލު ޝޯއެވެ. މިއީ ރާއްޖޭގައި ވެސް މަގުބޫލު ޝޯއެކެވެ.

ޝޯ ކާމިޔާބު ކުރި ގޯރަވް ޚަންނާ ވަނީ މީގެ ކުރިން ސޮނީ ޓީވީ އިން ގެނެސްދިން 'ސެލެބްރިޓީ މާސްޓާ ޝެފް ޝޯ' ވެސް ކާމިޔާބުކޮށްފައެވެ. އޭނާ އެންމެ ބޮޑަށް ބެލުންތެރިންގެ މެދުގައި މަގުބޫލުވީ ސްޓާޕްލަސްއިން މިހާރު ވެސް ގެނެސްދޭ 'އަނުޕަމާ' ސީރީޒްގެ އަނުޖް ކަޕާޑިއާގެ ރޯލުންނެވެ. ގާތްގަނޑަކަށް ހަތަރު އަހަރު އޭނާ ވަނީ އެ ސީރީޒްގައި މަސައްކަތްކޮށްފައެވެ.

Ads by Allied Insurance